ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް، އެޕަލްގެ އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސް ފޯނެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް އެކައުންޓެއް ހަދައި، ޕްރޮފައިލް ޕޭޖުން ފޯނު ނަންބަރު ވެރިފައިކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 31 ގައެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ލިބޭނީ ބާގަންޑީ ކުލައިގެ އައިފޯން 18 ޕްރޯ މެކްސް ފޯނެކެވެ. ނަސީބުވެރިޔާ ހޮވާނީ ޕްރޮމޯޝަންގެ މުއްދަތު ހަމަވުމުން ނަގާ ގުރުއަތަކުން ކަމަށާއި، އެ ފަރާތަކަށް ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
އައިފޯނެއް ހޯދުމުގެ ފުރުސަތުގެ އިތުރުން، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅި، ލޯކަލް އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މިއީ ފައިސާގެ އިނާމުތައް ހޯދުމަށާއި ގޭމިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުނަރު ތަރައްގީކުރުމަށް ލިބޭނެ ޕްލެޓްފޯމެއް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް