އިންޑިއާގެ ބަޑިބޭސް ފެކްޓްރީއެއް ގޮވައި 21 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ އަންދްރަޕްރަދޭޝްގެ ކަކިނަޑާގައި އިއްޔެ ހިނގި އެ ހާދިސާގައި 21 މީހުން މަރުވެފައިވާއިރު 8 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ދަ ޕްރެސް ޓްރަސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހާދިސާ ހިނގި ވަގުތު އެ ފެކްޓްރީ ތެރޭގައި 30 މީހުން ތިއްބެވެ. މަރުވި އެންމެނަކީ ވެސް އެތަނުގެ ތެރޭގައި ތިބި މީހުން ކަމަށް ހަބަރުތައް ބުނެއެވެ. އަދި އަނިޔާވީ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

އަންދްރަޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރު، ޗަންދްރަބާބޫ ނައިދޫއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ އެ ހަމަލާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

އެހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަިއ ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.