ތ. ވިލުފުށީ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 81 ހެކްޓަރުގެ ތެރެއިން 79 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވިލުފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފައިވަނީ 2025 ސެޕްޓެންބަރު 24ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއޭސީއެލުން މިއަދު ބުނީ އެ މަސައްކަތް ކުރަނީ 11،300 އަކަ މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެޝީ ބޭނުންކޮށްގެން ކަމަށެވެ. އެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް މުޅި މަސައްކަތުގެ 98 ޕަސަންޓު ނިންމާލެވިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އަލީ ޔާމިން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް