އިރާނުން އިޒްރޭލަށް ހަމަލާ ދޭން ފަށައިފިއެވެ.

އިޒްރޭލުގެ މިލިޓަރީ އިން މީގެ ކުޑައިރުކޮޅެއް ކުރިން އިރާނުން އެގައުމަށް މިސައިލު ހަމަލާއެއް ފޮނުވާފައިވާކަ މަށާއި އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އިމަޖެންސީ ސައިރަން އަޑުތައް އިވެން ފަށާފައިވާ ކަމަށް ބުނެފައެވެ.

އިޒްރޭލުގެ މިލިޓަރީ އިން ވަނީ އެގައުމުގެ ހޯމް ފްރަންޓް ކޮމާންޑުން ދެމުން އަންނަ މައުލޫމާތުތަކަށް ބަލައި ތައްޔާރުވެ ތިބުމަށް އަންގާފައެވެ.

އިޒްރޭލުން ވަނީ އިރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރުވެ އިރާނުން ފޮނުވާ މިސައިލުތައް ނައްތާލުމަށް އެގައުމުގެ ވައިގެ ސިފައިން ތައްޔާރަށް ތިބި ކަމަށްވެސް ބުނެފައެވެ.

އިރާނުގެ ގައުމީ ޓީވީ އިން ވެސް ވަނީ އިރާނުން އިޒްރޭލަށް ބަދަލު ހިފުމުގެ ހަމަލާ ދިނުމަށް މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.