އެޗްބީއޯގެ މަޝްހޫރު ސީރީޒް "ދަ ވައިޓް ލޯޓަސް" ގެ ހަތަރުވަނަ ސީޒަނުން ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންއަށް ފުރުސަތު ލިބުނު ނަމަވެސް، އޮޑިޝަންގައި ބައިވެރިވާން ޖެހޭތީ އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ސީރީޒްގެ އުފެއްދުންތެރިން ވަނީ ދީޕިކާއަށް ރޯލެއް ހުށަހަޅައިފައެވެ. ނަމަވެސް މި ސީރީޒްގެ ސިޔާސަތަކީ ކޮންމެ އެކްޓަރަކުވެސް ރޯލު ކަށަވަރުވުމުގެ ކުރިން އޮޑިޝަން ހަދަން ޖެހުމެވެ. މި ޝަރުތާ މެދު ދީޕިކާ ހިތްހަމަ ނުޖެހޭތީ، އޮޑިޝަންގައި ބައިވެރި ނުވާން ނިންމީ ކަމަށް ޚަބަރުތައް ބުނެއެވެ.
މީގެ ކުރިން މި ސީރީޒްގެ ތިންވަނަ ސީޒަނުންވެސް ދީޕިކާއަށް ފުރުސަތު ލިބުނު ކަމަށް އަޑުފެތުރުނެވެ. ނަމަވެސް އޭރު އޭނާ ބަނޑުބޮޑުވުމާ ގުޅިގެން އެ ފުރުސަތު ގަބޫލު ނުކުރީ ކަމަށް ހަބަރުތައް ބުނެއެވެ. މިކަމާ ގުޅޭގޮތުން ދީޕިކާގެ ފަރާތުން އަދި އެޗްބީއޯއިންވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
"ދަ ވައިޓް ލޯޓަސް" ގެ ތިންވަނަ ސީޒަން މިހާރު ވަނީ ދައްކަން ފަށައިފައެވެ. ތައިލެންޑުގައި ޝޫޓްކޮށްފައިވާ މި ސީޒަންގައި ބްލެކްޕިންކްގެ ލީސާ އާއި ބޮލީވުޑްގެ އެހެން ތަރިންވެސް ހިމެނެއެވެ. އަދި ހަތަރުވަނަ ސީޒަން ފްރާންސްގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާއިރު، މި ސީޒަންގެ ކާސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ "ކަލްކީ 2898 އޭޑީ" އިންނެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި "ސިންގަމް އަގެއިން" ހިމެނެއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ދީޕިކާ އެންމެ ފަހުން ފެނިފައިވަނީ 2017 ވަނަ އަހަރު ނުކުތް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަރ ކޭޖް" އިންނެވެ.
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން