މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި އެކްޓަރު އަހްމަދު ނިމާލް މިއަދު މަރުވެއްޖެއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައެވެ.
އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާދީފައިވެއެވެ.
އައިޖީއެމްއެޗުން "ވަން"އަށް ބުނީ، 62 އަހަރުގެ ނިމާލަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދުނު 6:50 ހާއިރު އެވެ.
ނިމާލު މަޝްހޫރުވެފައިވަނީ އެކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެކެވެ.
އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ދިވެހިންތެރޭ މަގްބޫލުކަން ހޯދި ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ހަލާސް ފަދަ ފިލްމުތައް ހިމެނެއެވެ. އަދި ނިމާލަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.
އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ހިމެނެއެވެ. ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި "ލޯބިވެވިއްޖެ" ފިލްމުގައެވެ.ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.
ފާތިމަތު ލިއުޝާ
މަރު
މަރު
މަރު