ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި، 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ހުޅުވުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
އެ ރަސްމިއްޔާތުގައި ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މަސްޖިދުއް ސަލާމްގެ ނަމުން ނަންދީފައިވާ އެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަށާއި އެ މިސްކިތަކީ އަންހެނުންނަށާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު، މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމައި ވަނީ ހުޅުވައިފައެެވެ.
ފާތިމަތު ލިއުޝާ
ލ. ގަން
ލ. ގަން
ލ. ގަން
މިސަރުކާރަކީ ދީނީ ކަންކަމަށް ވަރަށް އިސްކަންދޭ ސަރުކާރެއް ވީމަ މިވެރިންނަށް ވޯޓުއޮޑަން ނިންމާފިން
ގަރުދިޔާރިފު - 4 މަސް ކުރިން