ލ. ގަމުގައި ހުންނަ ބޮޑަ ފެންގަނޑު (ޕަރީ ފެންގަނޑު)އަށް ބެލުމަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށްގެން ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފިއެވެ.
އެ މަސައްކަތަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ "އެންދެރި" ޕްރޮޖެކްޓުގެ ދަށުން މާލީ އެހީތެރިކަން ލިބިގެން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ޖުމުލަ 450,000 ރުފިޔާގެ ބަޖެޓަކުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ޕްލެޓްފޯމް ތަރައްގީކޮށްފައިވަނީ ޕަރީ ފެންގަނޑުގެ އެކި ހިސާބުތައް ފެންނަގޮތަށެވެ.
ގަމު ކައުންސިލުން ބުނީ އެ ޕްލެޓްފޯމާއެކު އާންމުންނަށް ރައްކާތެރިކަމާއެކު، ޕަރީ ފެންގަނޑު މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ބޮޑު ފެންގަނޑަ ނުވަތަ ޕަރީފެންގަނޑަކީ ގަމުގެ މުހިންމު ތާރީހީ ބިނާތަކާއި ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނެކެވެ. އެފަދަ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ފަތުރުވެރިންނާއި އާންމުން ޝައުގުވެރިވާ ފަދަ މަންޒިލަކަށް ހެދުމެވެ.
ފާތިމަތު ލިއުޝާ
ލ. ގަން
ލ. ގަން
ލ. ގަން