ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހުންނަ އެމެރިކާ އެމްބަސީ ހުސްކުރަން އަންގައިފިއެވެ.
އެމެރިކާއިން އިއްޔެ ވަނީ ބެއިރޫތުގައި ހުންނަ އެ ގައުމުގެ އެމްބަސީގައި މަސައްކަތްކުރާ ފަރާތްތަކުން ގައުމު ދޫކޮށް ދިއުމަށް އަންގައިފައެވެ.
އެމެރިކާއިން އިރާނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ އިރު އިރާނާއި އަވައްޓެރި ލުބުނާނުން އެމެރިކާ ރައްޔިތުން ބޭލުމަށް އެމެރިކާއިން އެންގުމާއެކު އިއްޔެ ބެއިރޫތުގެ އެމްބަސީން 40 މީހަކު ފުރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ބެއިރޫތުގެ އެމްބަސީ ހުސްކުރި ނަމަވެސް އިމަޖެންސީގައި ހަރަކާތްތެރިވާ މުވައްޒަފުން އެމްބަސީގައި މިވަގުތަށް ތިބޭނެ ކަމަށް ބުނެފައެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ބެއިރޫތުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ