ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ކޮވިޑް 19 އައުމުގެ ކުރީގައި ހުރި މިންވަރަށް އިތުރު ވެއްޖެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާއްމުކުރި މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ 300 މިލިއަން ޑޮލަރެވެ. ނަމަވެސް ޖުމްލަ ރިޒާވްހުރީ އެއް ބިލިއަން ޑޮލަަރަށްވުރެ މަތީގައެވެ.
ޔޫޒަބަލް ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓް ފައިސާ ކެނޑުމަށްފަހުއެވެ.
ރާއްޖޭގެ ރިޒާވް 300 މިލިއަން ޑޮލަރަށް އިތުރުވި އިރު މިއީ ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި ދެ ވަނަ އަށް ރިޒާވް އެންމެ ރަނގަޅުވި ފަހަރެވެ. އެގޮތުން 2019ގައި ރާއްޖޭގެ ރިޒާވްގައި ހުރީ 315 މިލިއަން ޑޮލަރެވެ.
މި ފަހުގެ އަހަރުތަކުގައި ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވީ 2024 ވަނަ އަހަރުއެވެ. ސަތޭކަ މިލިއަނުން ދަށަށް ރާއްޖޭގެ ރިޒާވް ވެއްޓުނުއިރު، ސަރުކާރުން ގެނައި މާލީ އިސްލާހުތަކާއެކު ރިޒާވް ވަނީ މިދިޔަ އަހަރު އުފުލިފައެވެ.
އޭގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުގެ ފައިސާ މާރުކުރަން ފެށުމެވެ. އެއާއެކު، މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް ވަނީ 200 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ