މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދުކުރުމަށް ނިންމާފައިވާ ކަމަށް އެ ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހާފިޒުން ހަމަޖައްސައިފައިވާ ކަމަށެވެ.
ކަރެކްޝަނުން ޖުމުލަ ތިން ޖަލެއް މިހާރު ބަލަހައްޓައެވެ. އެއީ ހުޅުމާލޭ ޖަލާއި ކ. މާފުށީ ޖަލާއި އެ އަތޮޅު ހިންމަފުށީގައި ހުންނަ އައްސޭރި ޖަލެވެ.
މިރަމަޟާން މަހާ ދިމާކޮށް، ކަރެކްޝަނުން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރުންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަންތަކެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.
އޭގެ އިތުރުން ހުޅުމާލެ ޖަލުގެ ގައިދީންނަށް، މިރަމަޟާން މަހާ ގުޅުވައިގެން އުފާވެރި މާހައުލެއްގައި އެފަރާތްތަކުގެ އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް ހާއްސަ ހަފުލާއެއް މިމަހުގެ 15ގައި ކުރިޔަށް ގެންގޮސްފައިވެއެވެ. ކަރެކްޝަނުން ބުނީ އެ ހަފުލާގައި، އެމްސީއެސްގެ އާ ހެޑްކުއާޓާސް އިމާރާތް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ގައިދީންގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް