މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ތީމްގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން އިއުލާނުކޮށްފިއެވެ.
ދިރާގުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، މިއަހަރުގެ ރަމަޝާންމަހު ދިރާގުން ދޭން ބޭނުންވާ މެސެޖަށް އަލިއަޅުއްވައިލައްވަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރ މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގަކީ އަބަދުވެސް ރާއްޖޭގެ ގުޅުން ކަމަށާއި ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.
އެގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް ދިރާގުން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން ކަމަށް މިރްޝާން ވިދާޅުވިއެވެ.
"އެހެންކަމުން، މި ގުޅުންތަކަށް އިސްކަންދީ މި ރަމަޟާން މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން،" އޭނާ ވިދާޅުވިއެވެ.
ދިރާގުން މިއަދު ލޯންޗުކުރި ހާއްސަ ޕްރޮމޯޝަންގައި ހިމެނޭ އޮފާތަކަކީ:
- ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު: ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ. އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.
- ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް އެއް ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާ ރޭގަނޑު 9:00 އިން ދަންވަރު 1:00 އާ ދެމެދު ބޭނުންކުރެވޭނެ.
- ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް: ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 01:00 އިން ފަތިހު 4:00 އަށް އެއް ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބިގެންދާނެ.
- ދިރާގު ލިމިޓެއްނެތް ފައިބާ އަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި، މިހާރު ވެސް ދައްކަމުންދާ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބާ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ. އަދި ދެ މަސް ދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ.
- ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން: 30ޖީބީއާ ހަމައަށް އާއިލާގެ ހަތަރު މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ.
- ފުޑީސް ވައުޗާ ހަދިޔާކުރުން: ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ.
- ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ.
- ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭއިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއާ ބާސްކެޓް ހަދިޔާކުރެވޭނެ. ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ.
- ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ.
ދިރާގުން ވަނީ އެ އޮފާތަކުގެ އިތުރުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. އެގޮތުން، މިއަހަރު ވެސް، އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ އޮފާތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، އެ ޕްރެސް ކޮންފަރެންސް ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ. ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ އެ ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި، އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ. އެ ފިލްމު އާންމުންނަށް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވާ މާދަމާއެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު