ޗައިނާގެ އާ އަހަރުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ޗައިނާގެ އާ އަހަރު ފެށުމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ގައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއާ ލީ ޗިއާންގް އަދި އެ ގައުމުގެ ރައްޔިތުންނަށް އާ އަހަރުގެ ތަހުނިއްޔާ ފޮނުއްވާ ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ "އިޔާ އޮފް ދަ ފަޔާ ހޯސް" ނަމުން ނަން ދެވިފައިވާ، އަހަރު ޗައިނާއިން މިވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްގީ ދޭހަކޮށްދޭ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޗައިނާގެ ރައްޔިތުންނަށް މުސްތަގުބަލުގައިވެސް ފާގަތި ދުވަސްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރާއްޖެ އާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ގައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޗައިނާގެ އާ އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ.
އަލީ ޔާމިން
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ