ޓިކްޓޮކްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ އަގީދާ އާއި ކީރިތި ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދެއްކި މީހާގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ޓިކްޓޮކްގައި ފިރިހެނަކު އާންމު ކުރި ވީޑިއޯތަކެއްގައެވެ. އެ ވީޑިއޯތަކުގައި އޭނާ ވަނީ މާތްﷲ އޭނާއަށް ވަހީ ބާވާލައްވާ ކަމަށާއި ވަހީ ބާވާލައްވަނީ ހަމައެކަނި ރަސޫލާއަށް ނޫން ކަމަށް ބުނެ ދީނަށް ފުރައްސާރަކޮށްފައެވެ.
މީގެ އިތުރުން އޭނާއަކީ ޔޫސުފްގެފާނު ކަމަށް ބުނެ އަމިއްލައަށް ދައުވާކޮށް، ދީނުގެ އަސާސްތަކާ ހިލާފު އެތައް ވާހަކައެއް ވަނީ ދައްކައިފައެވެ.
ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު