މި ފެށޭ ރޯދަމަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި އަދި އެ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު ޝިފްލާ އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ލިސްޓުގައިވާ 23 ބާވަތުގެ އަގުތައް މޮނިޓާކޮށް، ހެޔޮ އަގެއްގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި އަގުތައް އެ ކުންފުނީގެ ވެބްސައިޓުން ފެންނާނެ ގޮތްތައް ހަދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިފްލާ ވިދާޅުވީ، އެސްޓީއޯއިން އަގުތައް ކަނޑައަޅާނީ ވިޔަފާރިވެރިންގެ އަގުތަކަށް ބަލައި ރީޒަނަބަލް އަގުތަކެއް ކަމަށެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓު
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
- ފިޔާ (ރަތް)
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- ލޮނުމެދު
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
- މުގު (ރީނދޫ)
- ކުކުޅު
- ބިސް
- ކާށި
ޝިފްލާ ވިދާޅުވީ، އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި މާލޭގެ ސިނާއީ ސަރަހައްދާއި ނޯތު ހާބަރު ކުރިމަތީގައި ހޯލްސޭލް ސެންޓަރެއް ގާއިމުކުރާނެ ކަމަށާއި ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައިވެސް ހޯލްސޭލް ސެންޓަރެއް ގާއިމުކުރާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ 11 ސަރަހައްދަކުންވެސް އެ ހިދުމަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ޔާމިން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ