ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައި، އެކަން ރަސްމީކޮށް މިއަދު ހުށަހަޅުއްވައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނަވީން، މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ނަވީންގެ ފަރާތުން އަދި ފުލުހުން ފަރާތުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މަރުހަލާގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.
ނަވީން ރިޓަޔާކުރައްވަން މި ނިންމެވީ، ފުލުހުންގެ ވެލްފެއާ ކުންފުނި "ޕޮލްކޯ" އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، އޭނާއާ އެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މުހައްމަދު އިޝާން
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް