ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެން، އެ ނޫޓުގެ އާ ސްޓޮކެއް ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބާޒާރުގައި ފައިސާގެ ދައުރުވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
އެމްއެމްއޭއިން ވަނީ މި މަހުގެ ކުރީކޮޅު 100 ރުފިޔާގެ އާ ނޫޓުތަކެއްވެސް ރާއްޖެ ގެނެސްފައެވެ.
އެފަހަރުވެސް ނޫޓުތައް ގެނައީ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެންނެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ