ރޯދަ މަހުގެ ކަރަންޓު ބިލުތަކަށް ލުޔެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އެ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި މީޓަރުތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިސްކައުންޓާއެކު ބިލުތައް ތައްޔާރުކުރުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް ކުރިއަަށްދަނީ މިމަހު 16 އަދި 17 ވަނަ ދުވަހު ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކުގެ މީޓަރުތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯ މުވައްޒަފުން ކުރިއަށް ގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

ޕީއެންސީން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ލިބޭނެ ކަމަށާއި ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަަށެވެ.