ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުލުން ނިމި ގުނަން ފަށައިފިއެެވެ.
2024 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަން ވެއްޓި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ފިއްލަވައިގެން ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައިވާއިރު ބަންގްލަދޭޝްގެ ސަރުކާރެއް ގާއިމްކުރުމަށް އެގައުމުގެ އާންމުން އިއްޔެ ވަނީ އިންތިހާބުގައި ވޯޓުލައިފައެވެ.
2،000 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލި ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބުކުރާ ފަރާތްތައް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ 350 ގޮނޑިއަށް ހޮވިގެންދާނެއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުން އިއްޔެ ކުރިޔަށް ގެންގޮސް ނިންމާލާފައިވާއިރު އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ލެވޭ އާބާދީގެ 120 މިލިއަން މީހުންގެ ތެރެއިން 49 ޕަސެންޓް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާއިރު މިއަދުގެ ވަގުތުތަކުގައި އިންތިހާބުގެ ވަގުތީ ނަތީޖާ އާންމުކުރަން ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިހާބުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަވާމީ ޕާޓީއަށް ބައިވެރި ނުވެވޭގޮތަށް އެޕާޓީ ބޭން ކޮށްފައިވާއިރު އިންތިހާބުގައި ވޯޓުލާ ނިސްބަތް މަދުވުން އެކަށީގެންވާކަމަށް އޮފިޝަލުން ކުރިން ވަނީ ބުނެފައެވެ.
15 އަަހަރުގެ ދިގު ވެރިކަމެއް ކުރުމަށްފަހު ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލާފައިވަނީ އެގައުމުގެ ޒުވާނުން ސަރުކާރާ ދެކޮޅަށް ނުކުމެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށްގެންދިޔަ ބޮޑެތި މުޒާހަރާތަކަށްފަހުއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ