ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު، ޖަރުމަނަށް ފުރާވަޑައިގަތީ މިމަހުގެ ނުވަ ވަނަދުވަހުގައެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ. މި ބައްދަލުވުން އޮތީ، ބާލިންގައެވެ.
"އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިވޭ." ރައީސް އޮފީހުން ބުންޏެވެ.
ރައީސް ބޭރުގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ގައުމެއްްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް