އާރްޓީއެލްގެ ހިދުމަތް އަންނަ ހަފުތާގައި ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އާރްޓީއެލްގެ ހިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެ ދެ އަތޮޅު ހިމެނޭހެން ޖުމުލަ ހަތަރު ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ފ.އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ ދެ ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ.
އެމްޓީސީސީން ބުނީ ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދޫ އާއި މީދޫއާ ދެމެދުގައެވެ.
އެމްޓީސީސީން ބުނީ އެ ދެ އަތޮޅުގެ ޓެސްޓު ދަތުރުތައް އަންނަ ހަފުތާގެ އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެއް ހަފުތާއަށް އެ ދަތުރުތައް ބާއްވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ދަތުރަށް އަގެއް ނުނަގާނެ ކަމަށް ބުންޏެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ދެ އަތޮޅުގެ ދެމެދުގައި އާރްޓީއެލް ރަސްމީކޮށް ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
މިހާތަނަށް އާރްޓީއެލްގެ ހިދުމަތް ނުފެށި އޮތީ، ޒޯން ހަތަރެއް އަދި ޒޯން ތިނެއް ގައެވެ. ޒޯން ހަތަރެއް ގައި ހިމެނެނީ، މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން ތިނެއް ގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅެވެ.
އަލީ ޔާމިން
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ