މާލެ މަޖީދީމަގުގައި މިހާރު އިމާރާތްކޮށް ނިންމާފައިވާ މަސްޖިދް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ހޯމަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.
ބަރުބަރީ މިސްކިތް ތަޅާލައި އެ މިސްކިތް އަލުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަަހަރުގެ ޑިސެމްބަރު މަހުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އިއްޔެ ވިދާޅުވީ މި ޝައުބާން މަހުގެ 28 ވަނަ ދުވަހު (އަންނަ ހޯމަ ދުވަސް) ގެ އަސްރު ނަމާދަށް ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށެވެ.
އެ މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ، 1400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭގޮތަށް ހަދާފައިވާ މިސްކިތެކެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލޭ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށާއި ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް އާއި މާލެ ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމަށެވެ.
ރަމަޟާން މަސް ކައިރިވެފައި އޮތުމުން އެތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކަމަށާއި އެ ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެހީތެރިކަން ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ދެން މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެ. މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އަންނަ އަހަރުގެ ރޯދައަށް ނިމޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ދަމަހައްޓާނެ ކަމަށެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު