ޖަޕާނުގެ އާންމު އިންތިހާބު ވެރިކަންކުރާ ޕާޓީއަށް ކާމިޔާބުވާނެ ކަމަށް ހިޔާލު ހޯދުމުގެ ނަތީޖާއިން ދައްކައިފިއެވެ.
ޖަޕާނުގައި އިއްޔެއިން ފެށިގެން ކުރިއަށްދާ އެގައުމުގެ އާންމު އިންތިހާބުގެ ވޯޓުގެ ކުރިން، ލަފާކުރެވޭ ހިޔާލު ހޯދުމުގެ ނަތީޖާއިން ދައްކާގޮތުން މިހާރުގެ ބޮޑުވަޒީރު ސަނާއީ ޓަކައިޗީގެ ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ވަނީ ދައްކައިފައެވެ.
ޖަޕާނުގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ވަނީ ބޮޑުވަޒީރު ޓަކައިޗީގެ ކޯލިޝަނުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 300 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބުނެފައެވެ.
ޖަޕާނުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި 456 ގޮނޑިހުންނަ އިރު، ވެރިކަންކުރާ ޕާޓީން މި އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް ނަގާނެ ކަމަށް ބެލެވެއެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީން އިންތިހާބު ކާމިޔާބާ ހަމައަށް ގޮސްފައިވާ އިރު، އެގައުމުގެ އިދިކޮޅު ޕީޕަލްސް ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ޕީޕަލްސް ޕާޓީގެ ލީޑަރު ނަތަޕޮން ރުއެންގޕަނޔަވުތް ވަނީ އެގައުމުގެ އިދިކޮޅު ޕާޓީއަކީ ޕީޕަލްސް ޕާޓީކަން އިއުލާންކޮށްފައެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން