ސީރިއާއަށް ދިވެހިން ދަތުރުކުރުމަކީ މަނާކަމެއް ކަމަށް ކަނަޑައަޅާފައި އޮތްއޮތުން ބަދަލުކޮށް، ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.
ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އަދާހަމަކޮށް، ގެޒެޓުކޮށްފައެވެ. މިއީ އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ ލިސްޓެކެވެ.
ސީރިއާއަށް ދަތުރުކުރުމަކީ މަނާކަމެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
ނަމަވެސް ރައީސް އޮފީހުން ބުރާސްފަތި ދުވަހު އާންމުކުރި ލިސްޓުގައިވާ ގޮތުން ދިވެހިން މިހާރު ސީރިއާއަށް ދަތުރުކުރުން މަނައެއް ނުވާނެއެވެ.
އެ ލިސްޓުގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ހިމެނޭ އެޗްޓީއެސް ވަނީ ޓެރަރިސްޓު ލިސްޓުން އުނިކޮށްފައެވެ.
މުހައްމަދު އިޝާން
ސީރިއާ
ސީރިއާ
ސީރިއާ
ސީރިއާ