ބޭބީބަޔޯ (BABYBIO) އިންފެންޓް ފޯމިއުލާއެއްގައި ވިހަ މާއްދާއެއް ހުރުމުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ފްރާންސްގައި "ބޭބިބަޔޯ" މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗްތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.
"މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާގުޅޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްގައި ވަނީ އާންމުކޮށްފައި،" އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
"ސެރެއުލައިޑް" އަކީ "ބެސިލަސް ސިރިއަސް" ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
އެމްއެފްޑީއޭ އިން އެ މާއްދާއިން ތަގައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ނަމްބަރު 3034213 / 7603204 އަށް ގުޅުމަށް އެ އޮތޯރިޓީން އެދެއެވެ.
މުއްދަތު ހަމަވާ ތާރީހު، ބެޗް ނަންބަރު، ބަރުދަން މަރުކާ/ބްރޭންޑް، އަދި ޕްރޮޑަކްޓްގެ ނަން:
- 18/08/2027 ގައި މުއްދަތުހަމަވާ ކަމަށް ޖަހާފައިވާ ބޭބީބަޔޯ އޮޕްޓިމާ 1 / ބޭބީބަޔޯ - ބަރުދަން 400 ގަރާމްގެ ބެޗް ނަމްބަރު 900932
- 09/07/2027 ގައި މުއްދަތު ހަމަވާކަމަށް ޖަހާފައިވާ ބޭބީބަޔޯ އޮޕްޓިމާ 1 / ބޭބީބަޔޯ - ބަރުދަން 800 ގަރާމްގެ ބެޗް ނަމްބަރު 894408
- 12/08/2027 ގައި މުއްދަތު ހަމަވާކަމަށް ޖަހާފައިވާ ބޭބީބަޔޯ އޮޕްޓިމާ 1 / ބޭބީބަޔޯ - ބަރުދަން 800 ގަރާމް، ބެޗް ނަމްބަރު 900035
- 28/07/2027 ގައި މުއްދަތު ހަމަވާކަމަށް ޖަހާފައިވާ ބޭބީކެޕްރިއާ 1 / މަރުކާ ބްރޭންޑްގެ ބޭބީބަޔޯ - ބަރުދަން 800 ގަރާމް، ބެޗް ނަމްބަރު 899014
ފާތިމަތު ލިއުޝާ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ