އިންޑިއާގެ ކޯލް މައިނެއް ގޮވައި 18 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ މެގްސަލަޔާ ސްޓޭޓުގައި ރޭ ހިނގި އެ ހާދިސާގައި އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ ކޯލް މައިނު ގޮވުމާއެކު އެ މައިނުގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ ތެރެއިން 18 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގައި މިހާތަނަށް އަށް މީހަކަށް އަނިޔާވެ ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ގޮވި މައިނުގެ އެތެރޭގައި އެތަނުގައި މަސައްކަތް ކުރި ބައެއް މީހުން ތާށިވެފައި ތިބި ކަމަށާއި އެމީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އޮފިޝަލުން ބުނީ ނުގަވާއިދުން އޮޕަރޭޓުކުރާ އެ މައިނު ހަދާފައިވާގޮތުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް އެޅިފައިވާ ކަމަށާއި ކަމާބެހޭ ހާއްސަ ޓީމެއްވެސް އެ ސަރަހައްދަށް މަސައްކަތުގައި ބައިވެރިވުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ކޯލް މައިނުގައި ގޮވުމުގެ ހާދިސާ ހިނގާފައިވާ ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ އެތަނުގައި ބިން ގޮއްވުމަށް ބޭނުންކުރި ޑައިނަމައިޓެއް ގޮވައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ