ގަލްފް ކަނޑުގައި ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް އިރާނުން ހިފައިފިއެވެ.
އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި އިރާނުގެ އިސްލާމިކް ރެވެލިއުޝިނަރީ ގާޑްސް ކޯޕްސް އިން ހިފާފައިވާ ދެ ތެޔޮ ޓޭންކަރު ދަތުރުކުރަމުން ދިޔައީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ތެޔޮ ސްމަގަލް ކުރުމަށެވެ.
އިރާނުން ގަލްފް ކަނޑުގައި ދަތުރުކުރަނިކޮށް ހިފި ދެ ތެޔޮ ޓޭންކަރާއެކު އޭގައި ތިބި ފަޅުވެރިންވެސް އިރާނުގެ މިލިޓަރީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތެޔޮ ޓޭންކަރުތައް ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އަދި އޭގައި ފަޅުވެރިންގެ ގޮތުގައި ތިބީ ކޮން ގައުމެއްގެ ބައެއްކަމެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައެއް ނުވެއެވެ.
އިރާނުން ހިފި ދެ ޓޭންކަރުގައި މިލިއަނަކަށްވުރެ ގިނަ ތެޔޮ ހުރި ކަމަށާއި ދެ ބޯޓުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 15 ފަޅުވެރިން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއާއި އިރާނުގެ މައްސަލައިގައި މެދުއިރުމަތި ހަނގުރާމައަކަށް ތައްޔާރުވެފައިވާ އިރު، އިރާނުން ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގައި މިލިޓަރީ އެކްސަސައިޒެއްވެސް ފަށައިފައެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން