ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ އެ ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީން އަދި ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.
އޭގެ ފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާއެކު މާލެއަށް ގެނެސްފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެމްޑީއެފުން ބުންޏެވެ.
އަލީ ޔާމިން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް