ބަރަކާތްތެރި ރަމަޟާން މަސް ކައިރިވަމުން އަންނަ އިރު، އާއިލާތަކުން އަންނަނީ ރޯދަހިފުމުގެ މާތް އަޅުކަމަށާއި، އެންމެން އެކުގައި ހޭދަކުރާ އުފާވެރި ރޯދަވީއްލުމުގެ ވަގުތުތަކަށް ތައްޔާރުވަމުންނެވެ. މަސައްކަތްތައް ގިނަވެ ވަގުތު މަދު މި ދުވަސްވަރު، ފަސޭހައިން ތައްޔާރުކޮށްލެވޭ، ފެންވަރު ރަނގަޅު ބާވަތްތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑެވެ.

މިގޮތުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ "ޗޮއިސް" ބްރޭންޑުގެ އަލަނާސި ދަޅަކީ ރޯދަ މަހުގެ ކާތަކެއްޗާއި ތަފާތު ބުއިންތަކަށް ހާއްސަ ފުރިހަމަކަމެއް ގެނެސްދޭ އެއްޗެކެވެ. މީގެ އެންމެ ފޮއްޗަކުން ވެސް، އާދައިގެ ކެއުމެއްވެސް މީރު އަދި ފެންވަރު ރަނގަޅު ކެއުމަކަށް ބަދަލުކޮށްލައެވެ.

ގުދުރަތީ ފޮނިކަމާއި ތާޒާކަން އެކުލެވޭ މި އަލަނާސި ފޮތިތަކަކީ ފޮނިކާތަކެއްޗާއި ފުރުޓް ސެލަޑް އަދި ތަފާތު ބުއިންތަކަށް ވަރަށް ގުޅޭނެ އެއްޗެކެވެ. ކާނާ ތައްޔާރުކުރުމުގައި ހޭދަވާ ވަގުތު ސަލާމަތްކޮށްދިނުމުގެ އިތުރުން، އޭގެ އަސްލު ތާޒާ ރަހައާއެކު ސުފުރާމައްޗަށް ފުރިހަމަކަން ގެނެސްދިނުމަށް "ޗޮއިސް" އަލަނާސިއަކީ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.

ޗޮއިސް ބްރޭންޑްގެ އަލަނާސިއަކީ ފަނި ގިރުމަށް ވެސް އެހާ އެކަށޭނަ އުފެއްދުމެކެވެ. އެގޮތުން، ގިނަ އަދަދަކަށް ފެން އެކުލެވޭ ބާވަތަކަށް ވުމުން، ރޯދަ މަހު ރޯދަ ވަރުބަލިވުން ކުޑަކޮށްދެއެވެ. އަދި މި ބުއިމަކީ ރޯދަ ވީއްލާ ގަޑިއަށްވެސް އެހާމެ ހާއްސަ ތާޒާ ބުއިމެކެވެ.

ޗޮއިސް ބްރޭންޑުގެ އަލަނާސިން ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް ފޯރުކޮށްދެއެވެ. އެގޮތުން، ވިޓަމިން ބީ، ސީ އަދި ޑީ ގެ އިތުރުން ކެލްސިއަމް އަދި އަޔަން އިން މުއްސަނދިވެފައިވާ މި އުފެއްދުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އުފެއްދުމެކެވެ.

ޗޮއިސް ބްރޭންޑުގެ އަލަނާސި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ނަމްބަރު: 7291124