ހުޅުމާލޭ ހިޔާގެ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އާއިލާތަކަށް ދިން އެހީތެރި ކަމުގެ މުއްދަތު ހަމަވުމާއެކު އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް މިއަދު ރުޖޫއަ ވެއްޖެކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީކަމުގެ 30 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އިބްރާހިމް ޒަކީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ