މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
ކަރެކްޝަންސް އިން ބުނިގޮތުގައި މަރުވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ހަސަން ނިޔާޒް (45އ) އެވެ. އޭނާ މަރުވެފައިވަނީ މިއަދު މެންދުރު ކުއްލި މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މެންދުރު 2:05 ގައި ކަމަށެވެ.
ކަރެކްޝަންސް އިން ބުނި ގޮތުގައި އޭނާއަކީ ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ.
އޭނާ މަރުވުމާ ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މިއަދު ހެނދުނު އައިޖީއެމްއެޗްގައިވެސް ގައިދީއަކުވަނީ މަރުވެފައެވެ. އެއީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) އެވެ. އޭނާ މަރުވެފައިވަނީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 9:05 ގައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ ހަފުތާއެއް ވެފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
އާއިޝަތު މާހާ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް