ރާއްޖެ މިހާރު އޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށެވެ.
"އެއީ މިހާރު ގައުމީ މައްސަލައެއް. ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ދަރަނި ދެއްކުން ކަމަށްވީމާ މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު،" ނަޝީދު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން 2018 އާއި 2019 ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ވާ ފައިސާ މިއަހަރު ރާއްޖެއިން އަނބުރާ ދައްކަން ޖެހެއެވެ. ސަރުކާރުން އަންނަނީ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށް ލުއިތަކެއް ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.
އާއިޝަތު މާހާ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު