އިރާނުގައި ގޭސް ލީކުވެ ގޮވައިފިއެވެ.
އިރާނުގެ ޕޯޓް ސިޓީ ބަންޑަރް އައްބާސް ސަރަހައްދުގައި އާންމުން ދިރިއުޅޭ އިމާރާތެއް ކައިރީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭސް ލީކުވެގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް އޮފިޝަލުން ބުނެެއެވެެ.
ބަންޑަރް އައްބާސްގެ ފަޔާ އެންޑް ރެސްކިއު އޮފިޝަލުން ވަނީ އެހާދިސާ ހިނގުމާއެކު އިމާރާތް ހިމެނޭ ސަރަހައްދުން މީހުން ހުސްކޮށް އެ ހާދިސާ ތަހުގީގުކުރަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ ގައުމީ މީޑިއާއިން ވަނީ އެހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އަނިޔާވި މީހުންގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެނޫހުން ވަނީ މި ހާދިސާގައި 8 ބުރީގެ އެއިމާރާތުގެ ދެބުރި އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އެސަރަހައްދުގައި ހުރި ގިނަ ވެހިކަލްތަކަކާއި ފިހާރަތަކެއްވެސް ހަލާކުވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން