އިންޑިއާގައި ނިޕާ ވައިރަސް ފެތުރުން ހުއްޓިއްޖެކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އިންޑިއާގައި ފެތުރެމުން ދިޔަ ނިޕާ ވައިރަސްގެ ނުރައްކާ ބޮޑުވެ އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކުން އެގައުމުތަކުގެ ބޯޑަރުތަކުގައި ސްކްރީނިން އިތުރުކޮށް ވަރުގަދަކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ރިސްކު ކުޑަކަމަށާއި ފެތުރުން ހުއްޓިފައިވާ ކަމަށް ބުނެފައެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމްގެ އޮފިޝަލުން ވަނީ އިންޑިއާގައި ވައިރަސް އިތުރަށް ނުފެތުރޭކަމަށާއި ރިސްކު ދަށް ކޮށްފައިވާކަމަށް ބުނެފައެވެ.

އިންޑިއާގައި ނިޕާ ވައިރަސް ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މީހުންނާއި އެމީހުންނާ ގުޅުން ހުރި މީހުންގެ އިތުރުން އިތުރު ބަޔަކަށް ބަލި ޖެހިފައިވާ ކަމަށް އެގައުމުން ރިޕޯޓުކޮށްފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލުން މިހާރު އަންނަނީ އިންޑިއާގައި ފެތުރުނު ނިޕާ ވައިރަހުގެ އިތުރު ވޭރިއަންޓެއް ފެތުރޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.