އަދާލަތު ޕާޓީގެ ރައީސަކަށް ޝައިހް މުހައްމަދު ޝިފާން އިންތިހާބުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ހަތަރު ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިންތިހާބު ބާއްވާފައިވަނީ މިއަދު އޮންލައިންކޮށެވެ.

އެ އިންތިހާބު ބޭއްވުމަށް "ފަހިވިހި"ގެ ނަމުގައި ހާއްސަ ޕޯޓަލެއް އެ ޕާޓީން ހުޅުވާލިއެވެ.

އެ ޕޯޓަލުން އެނގޭ ގޮތުގައި އިންތިހާބު ނިމުނުއިރު 99 ޕަސަންޓު މީހުން ވޯޓު ދިނީ ޝައިހް ޝިފާން އެ ޕާޓީގެ ރައީސަކަށް އިންތިހާބު ކުރުމަށެވެ. އޭނާއާ ވާދަކުރެއްވި އިކްރާމް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ އެއް ޕަސަންޓު ވޯޓެވެ.

އަދާލަތުގެ ރައީސަކަށް ޝައިހް ޝިފާން އިންތިހާބުވެވަޑައިގެންފައިވާ އިރު، ނައިބު ރައީސަކަށް އިންތިހާބުވެފައިވަނީ ޝައިހް އަބްދުﷲ ރަޝީދެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީގައި 8،267 މެންބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.