ތ. ވިލުފުށީ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 81 ހެކްޓަރުގެ ތެރެއިން 65 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވިލުފުށި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފައިވަނީ 2025 ސެޕްޓެންބަރު 24ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއޭސީއެލުން މިއަދު ބުނީ އެމަސައްކަތް ކުރަނީ 11،300 އަކަ މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެޝީ ބޭނުންކޮށްގެން ކަމަށެވެ. އެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ތ. ވިލުފުށި
ތ. ވިލުފުށި
ތ. ވިލުފުށި