ގަވާއިދާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހާ ތަނަކާއި ފިހާރައެއް ބަންދުކޮށް، 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބިދޭސީން ދިރިއުޅޭ ދެ ތަން ބަލައި ފާސްކުރީ އިމިގްރޭޝަންގެ އިތުރުން ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ.
ފުލުހުން މިއަދު އެކްސްގައި ބުނި ގޮތުގައި ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ކަމަށާއި ދެ ވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި މުދާ ވިއްކަމުންދާ ތަނެއް ކަމަށެވެ.
ފުލުހުން ބުނީ އިކޮނޮމިކް މިނިސްޓްރީން އެ ދެތަން މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.
އެ ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް