ނ. އަތޮޅު ފަރުމުލި އަދި ކ. ކާށީދޫގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފަރުމުލީގައި ރިސޯޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުގައެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ކާށިދޫ ފަޅުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން އެ ތަނުގައި ރިސޯޓެއް ހަދައި ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ފަރުމުލިން 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑުނޫން ރަށެއް ހިއްކައިގެން ރިސޯޓެއް ހަދައި ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ 10:00 ގައި އަދި މާޗު މަހުގެ ތިންވަނަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެކުރިން ބީލަން ހުށަހަޅަންވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް