މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ 60 މެޑިކަލް ލެބޯޓްރީ ޓެކްނީޝަނުން ހޯދަން އިއުލާނުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ކުރިއަށް ގެންދާ އިންޓާވިއު އާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ކޮމްޕިޓެންސީ އިމްތިހާނުން ފާސްވާން ޖެހެއެވެ.
އެމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 12:00 އެވެ. އެ ފަރާތްތަކަކީ ބިދޭސީއެއް ނަމަ ހެލްތް މިިނިސްޓްރީން ވިސާގެ ކަންކަން ހަމަޖައްސާނެ ކަމަށް އިއުލާނުގައިވެއެވެ.
މި ވަޒީފާގެ އަސާސީ މުސާރައަކީ 5،610 ރުފިޔާއެއެވެ. ސާވިސް އެލަވަންސްއަށް 2،500 ރުރިޔާ، އެކޮމޮޑޭޝަން އެލަވަންސަށް 3،000 ރުފިޔާ އަދި ފުޑް އެލަވަންސްގެ ގޮތުގައި 1،800 ރުފިޔާ ލިބޭނެއެެވެ. ޖުމްލަ މުސާރައަކީ 12،910 ރުފިޔާއެެވެ.
ތައުލީމީ ފެންވަރާއި ކޮލިފިކޭޝަން:
- ލެބޯޓްރީ ޓެކްނޮލޮޖީ އިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުން
- 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ބަލައިގަންނަ ފަރާތުގެ ދާއިމީ އަސާސީ ރަޖިސްޓްރޭޝަން ސެޓްފިކެޓް.
- 45 އަހަރުން ދަށުގެ މީހަކަށްވުން
ބޭނުންވާނެ ލިޔެކިޔުންތައް:
- ވަޒީފާއަށް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުން.
- ޕާސްޕޯޓުގެ ކޮޕީ އަދި ސީވީ.
- ކޮލިފިކޭޝަން ސެޓްފިކެޓް.
- އެކަޑަމިކް ޓްރާންސްކްރިޕްޓް ތަޖުރިބާ ސެޓްފިކެޓް.
- އިނގިރޭސި ބަހުގެ ގާބިލުކަން ސާބިތުކޮށްދިނުން.
- ބޭސިކް ރެޖިސްޓްރޭޝަން
ހެލްތު އިންޝުއަރެންސް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ ޕްރިމިއަމްގެ ހަރަދު މިނިސްޓްރީ އޮފް ހެލްތުން ކަވާ ކުރާނެ ކަމަށް އިއުލާނުގައިވެއެވެ. ކޮންޓްރެކްޓްގައި ސޮއިކުރާއިރު ކޮންމެ ކެންޑިޑޭޓެއްގެ އަތުގައި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓެއް އޮންނަން ޖެހޭނެއެވެ.
ކޮންމެ އެޖެންސީއަކަށް އެންމެ ގިނަވެގެން ކުރިމަތިލުމުގެ ހުއްދަ ލިބެނީ ފަސް އެޕްލިކޭޝަނަކަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ރަޖިސްޓަރީކޮށްފައިވާ އިދާރާތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ހެލްތް މިނިސްޓްރީން ދޫކުރާ ހިދުމަތްތަކަށް އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނަގާނެކަން އިއުލާނުގައިވެއެވެ. ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް އެޕްލިކޭޝަން ފޯމުގައެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް