މި ސަރުކާރުން ތަރައްގީކޮށް ހުޅުވާ ފުރަތަމަ ސްކޫލް، "ޝަހީދު އަލީ" ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އެ ސްކޫލު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ލޯގޯ އިފްތިތާހުކޮށްފައިވާއިރު ރައީސަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވައިފައެވެ.
ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ސްކޫލުގެ މަސައްކަތް ކުރީ އާރްސީސީންނެވެ.
ޝަހީދު އަލީ ސްކޫލަކީ، 1،500 ޖާގައިގެ ސްކޫލެކެވެ. ނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް އެ ސްކޫލުގައި ކިޔެވޭނެއެވެ.
އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމާއި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި ތިން ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
އަލީ ޔާމިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ