އިންޑިއާއިން ނިޕާ ކޭސްތައް ފެނި އޭޝިޔާގެ ބައެއް އެއާޕޯޓުތައް އެލާޓަށް ގެނެސްފިއެވެެ.
އިންޑިއާގެ ވެސްޓް ބެންގާލް ސަރަހައްދުން ނުރައްކާތެރި ނިޕާ ވައިރަހުގެ ފަސް ކޭސް ފެނިފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކުރަން ފަށައިފައެވެ.
މިހާތަނަށް ވެސްޓް ބެންގާލް އިން 100 އަށްވުރެ ގިނަ މީހުންގެ ގައިން ނިޕާ ވައިރަހުގެ އަސަރު ފެނިފައިވާއިރު އެމީހުން ކަރަންޓީނުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އިންޑިއާގައި ނިޕާ ވައިރަސް ޖެހިފައިވާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.
އިންޑިއާއިން ވައިރަސް ފެނި އިތުރަށް ފެތުރިދާނެ ކަމަށް ބެލެވޭތީ އޭޝިޔާ ސަރަހައްދުގެ ބައެއް އެއާޕޯޓުތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އެލާޓަށް ގެނެސްފައެވެ.
ތައިލެންޑާއި ނޭޕާލްގެ އިތުރުން ޓައިވާނުން އެ ގައުމުގެ އެއާޕޯޓުތަކުގެ ސްކްރީނިން މަރުހަލާތައް ހަރުކަށިކޮށް ބޭރުން އެގައުމަށް އެތެރެވާ ފަރާތްތައް ބެލުމުގެ މަސައްކަތް ފަށައިފައެެވެ.
ނިޕާ ވައިރަހަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ވައިރަހެކެވެ. ވައިރަހުގެ އަސަރު ކޮށްފިނަމަ ތިން ދުވަހާއި 14 ދުވަހާއި ދެމެދު ހުން ގަދަވެ ބޮލުގައި ރިހުމުގެ އިތުރުން ރޯގާގެ އަސަރު ހަށިގަނޑުން ފާހަގަ ވާނެއެވެ. ވައިރަހުގެ ނުރައްކާ ބޮޑުވެއްޖެ ނަމަ މަރުވުން ވެސް އެކަށީގެން ވާކަމަށް ސިއްހީ ފަރާތްތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު