ދިވެހިން ވަރަށް ގިނައިން ހިދުމަތް ހޯދާ އިންޑިއާގެ ބެންގަލޫރުގެ، މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފިއެވެ.
ހިދުމަތްތަކުގެ އަގުބޮޑު ކަމަށް ބުނެ އެ ހޮސްޕިޓަލަށް އާސަންދައިގެ ހިދުމަތް މެދުކަނޑާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 އެވެ.
އެނގިފައިވާ ގޮތުގައި މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ހިދުމަތް ދޭން ފެށީ ހިދުމަތުގެ އަގުތައް ކުޑަކުުރުމުންނެވެ.
އިންޑިއާގެ 49 ހޮސްޕިޓަލަކަށް އާސަންދައިގެ ހިދުމަތް ލިބެއެވެ.
އާއިޝަތު މާހާ
އަހުމަދު މުނައްވަރު، ގަވަރުނަރު
މޫސުމް
މަސްވެރިން
ހުޅުމާލެ ހައިވޭ