މިފަހުން އިމާރާތްކޮށް މީހުން ދިރިއުޅެން ފަށާފައިވާ އަމާން ދޯދި ޓަވަރުގެ އެކެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓުތަކުގެ ބައެއް ފެން ހޮޅިތަކަށް ގެއްލުންވެފައިވާތީ ފެން ބޭނުން ނުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އަންގައިފިއެވެ.

އެފްޑީސީގެ ފަރާތުން އެ ޓަވަރުގައި އުޅޭ މީހުންނަށް ފޮނުވި މެސެޖެއްގައި ބުނީ ޓަވަރުގެ ކޮންމެ ފްލޯއެއްގެ ހަވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި، ޔުޓިލިޓީ އޭރިއާގައި، ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ޓަވަރަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަމާން ޓަވަރުގެ ގްރައުންޑް ފްލޯގައި އުކާލާފައިވާ ކުނިތަކެއްގައެވެ.