ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް އަނެެއްކާވެސް މައްސަލަ ޖެހިއްޖެއެވެެ.

ޖަޕާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓު، އެގައުމަށް 2011 ވަނަ އަހަރު އައި ބިންހެލުމާއެކު ނިއްވާލުމަށްފަހު ގިނަ އަހަރުތަކެއްގެ މަރާމާތަށްފަހު އިއްޔެ އޮޕަރޭޝަނަށް ގެނައި ނަމަވެސް މައްސަލަ ޖެހި ނިއްވާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޓޯކިއޯގެ ހުޅަނގު އުތުރުން އޮންނަ ކަށިވާޒަކީ ކަރިވާ ނަމަކަށް ކިޔާ އެ ޕްލާންޓުގެ ހަ ނަމްބަރު ރިއެކްޓަރު ޖައްސާފައިވާ އިރު، ކުޑަވަގުތުކޮޅެއް ތެރޭ އެ ރިއެކްޓަރުން އެލާމެއް އެޅި ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަނެއްކާވެސް ނިއްވާލާފައިވާ ކަމަށް ޖަޕާނުގެ ޓޯކިއޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ އިން ބުނެއެވެ.

ކަށިވާޒަކީ ކަރިވާ ޕަވާ ޕްލާންޓުގައި 54 ރިއެކްޓަރު ހުންނައިރު އޮފިޝަލުން ވަނީ ޓެސްޓަކަށް ޖައްސާފައިވަނީ އެތަނުން ހަވަނަ ރިއެކްޓަރު ކަމަށް ބުނެފައެވެ.

2011 ވަނަ އަހަރު އައި ބިންހެލުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅު އެޅުމަށް ޖަޕާނުން ވަނީ އެ ޕަވާ ޕްލާންޓު ހިމެނޭ ސަރަހައްދުން ލައްކަ އަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެެވެ.

އަލުން ރިއެކްޓަރުތައް ޖައްސަން މަސައްކަޔް ކުރުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.