ހަތިޔާރުތައް ހަވާލުނުކޮށްފި ނަމަ ހަމާސް ގޮއްވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ ހަނގުރާމަވެރި ގުރޫޕު، ހަމާސް އިން ގެންގުޅޭ ހަތިޔާރުތައް ހަވާލުކުރުމަށާއި އެކަން ނުކޮށްފި ނަމަ ހަމާސް ގޮއްވާލާނެ ކަމަށް އިންޒާރުދެއްވައިފައެވެ.

އެ ފޯރަމްގައި ވާހަަކަދައްކަވަމުން ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް އެމެރިކާއިން ދިން ހަމަލާގެ ކާމިޔާބީވެސް ފާހަގަކުރައްވައިފައެވެ.

ޓްރަމްޕް ވަނީ މެދުއިރުމަތީގެ އަމާންކަމަށް އެ ހަމަލާ ވަރަށް އިސް ދައުރެއް އަދާކުރާ ކަމަށާއި އިރާނުން ދަނީ މެދުއިރުމައްޗަށް ބުލީ ކުރަމުން ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ މިއަދުގެ ވަގުތެއްގައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވާނެ ކަމަށާއި ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ޕޫޓިންވެސް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރައްވާނެ ކަމަށް ފާހަގަކުރައްވައިފައެވެ.