ދުނިޔޭގެ އެންމެބޮޑު ނިއުކްލިއާ ޕަވާޕްލާންޓް އަލުން ބޭނުންކުރަން ފަށައިފިއެވެެ.
ޖަޕާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓު ބޭނުން ކުރަން ފަށާފައިވަނީ އެގައުމަށް 2011 ވަނަ އަހަރު އައި ބިންހެލުމާއެކު އެ ޕަވާ ޕްލާންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓު ބޭނުން ކުރުން ހުއްޓާލުމަށް ފަހުގައެެވެ.
ޓޯކިއޯގެ ހުޅަނގު އުތުރުން އޮންނަ ކަށިވާޒަކީ ކަރިވާ ނަމަކަށް ކިޔާ އެ ޕްލާންޓުގެ ހަ ނަމްބަރު ރިއެކްޓަރު ޖައްސާފައިވާ އިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޮފިޝަލުން ވަނީ އެ ރިއެކްޓަރު ބޭނުންކުރަން ފަށާފައިވީ ނަމަވެސް ހަކަތަ އުފައްދައި ބޭނުންކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ބުނެފައެވެ. އޮފިޝަލުން ވަނީ އެ ޕަވާ ޕްލާންޓުގެ ދެން ހުރި ރިއެކްޓަރުތައްވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އޮޕަރޭޝަނަށް ގެންނާނެ ކަމަށް ފާހަގަކޮށްފައެވެ.
ޖަޕާނުގެ ފުކުޝިމާއަށް 2011 އަހަރު އައި ބިންހެލުމަކާއެކު އެ ސަރަހައްދުގައި ހުރި ކަށިވަޒަކީ ކަރިވާގެ 54 ރިއެކްޓަރު ނިވި، މައްސަލަ ޖެހި އެ ޕަވާ ޕްލާންޓް ވަނީ ބޭނުންކުރުން ހުއްޓާލައިފައެވެ.
ކަށިވަޒަކީ ކަރިވާ ނިއުކްލިއާ ޕަވާ ޕްލާންޓް ހުންނަ ނިގަޓާގެ ސަރުކާރުން ވަނީ އެ ޕަވާ ޕްލާންޓުގެ މަސައްކަތް ފެށުމަށް ހުއްދަ ވެސް ދީފައެވެ. އެގޮތުން އެކި މަރުހަލާތަކަކަށް ބަހާލައިގެން އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޯޕަރޭޝަނުން އޮޕަރޭޓްކުރާ އެ ޕަވާ ޕްލާންޓަކީ ޖަޕާނުގައި ހުރި 33 ނިއުކްލިއާ ޕަވާ ޕްލާންޓުތަކުގެ ތެރެއިން އޮޕަރޭޝަނަށް ގެންނަ 14 ވަނަ ޕްލާންޓު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން