ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލި މީހާ އުމުރުދުވަހަށް ޖަލަށް ލައިފިއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވާހާރަކޮށްލި ކަމަށް އެމީހާ އެއްބަސްވެފައިވާ އިރު، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 45 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ އެ ގައުމުގެ ކޯޓަކުން ވަނީ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ޖަޕާނުގެ ނަރާ ޑިސްޓްރިކްޓުގެ ކޯޓުގައި މިދިޔަ އަހަރު ކުރިޔަށް ދިޔަ އަޑުއެހުމުގައި އޭނާ ވަނީ ޝިންޒޯ އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ އޭނާ އަމިއްލައަށް ގޭގައި އުފެއްދި ބަޑިއަކުން ޖަހައިގެން ކަމަށްވެސް ބުނެފައެވެ.

ޝިންޒޯ އަވަހާރަކޮށްލީ 2022 ވަނަ އަހަރުގެ ޖުލައި މަހު ޖަޕާނުގެ ހުޅަނގު ނަރާ ސިޓީގައި ކުރިޔަށް ދިޔަ ކެމްޕެއިން ހަރަކާތެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަނިކޮށް ބަޑިންް ދިން ހަމަލާއެއްގައެވެ.

ތަހުގީގުން ވަނީ ޓެޓްސުޔާ އެ އަމަލު ހިންގާފައިވަނީ އޭނާ ގަބޫލުކުރާ ދީނީ ކަންކަމުގެ ސަބަބުން ޝިންޒޯއާ މެދު ހިތްހަމަނުޖެހި އެކަމުގެ ރުޅީގައި ކަމަށް ފާހަގަވެފައެވެ.