ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މާރާމާރީ ހިންގި ސްރީ ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ 46އ އާއި ތިލަކް ސޮމަޗަންޑްރަ މައްޑެތަލަށެ 43އ އެވެ.

އެ ދެ މީހުން ހައްޔަރުކޮށް، އިއްޔެގެ ވަގުތެއްގައި ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންނަށްވެސް ވަނީ 15 ދުވަހުގެ ބަންދު މުއްދަތު ދީފައެވެ.

އެ ދެ މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ދެމީހުންނަކީވެސް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ދެ މީހުންނެވެ. އަދި އެ ދެ މީހުން އެއާޕޯޓުގައި މާރާމާރީ ހިންގިއިރު އެތަނުގައި ގިނަ އަދަދެއްގެ އާންމުން ތިބި ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

އެ ދެ މީހުންގެ ވަކީލުންވެސް ވަނީ މާރާމާރީ ހިންގީ ކުށެއް ކުރުމުގެ ނިޔަތް އޮވެގެން ނޫން ކަމަށް ބުނެފައެވެ.