ޕާކިސްތާނުގެ މޯލެއްގައި ރޯވެ 19 މީހަކު މަރުވެެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި އިއްޔެ ހިނގި އެ ހާދިސާގައި ގުލް ޕްލާޒާ ނަމަކަށް ކިޔާ އެ މޯލްގައި ރޯވުމާއެކު އިމާރާތުގެ ތެރޭގައި 60 އަށްވުރެ ގިނަ މީހުން ވަނީ ތާށިވެފައެވެ.

މިހާތަނަށް 19 މީހަކު މަރުވެފައިވާކަމަށް ޔަގީން ކުރެވިފައިވާ އިރު، ގެއްލުނު މީހުންގެ ހަށިތައް ހޯދަމުން އަންނަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

1،200 އަށް ވުރެ ގިނަ ފިހާރަ ހިމެނޭ އެ މޯލަކީ ފުޓުބޯޅަ ދަނޑެއްވަރުގެ ޖާގައެއްގައި ގިނަ ފަންގިފިލާތަކެއްގެ މައްޗަށް ހަދާފައިވާ މޯލްއެކެވެ.

އޮފިޝަލުން ވަނީ ރޯވި އަލިފާން ނިއްވާލާފައިވަނީ 24 ގަޑިއިރުގެ މަސައްކަތުން ކަމަށާއި އަލިފާން ނިންވާ ޓީމުތަކާއި ރެސްކިއު ޓީމުތަކުން ގުޅިގެން މިހާރު ކުރިޔަށް ދަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރޯވި އަލިފާން ރޯވަން ދިމާވެފައިވަނީ ކަރަންޓު ޝޯޓެއްގެ ސަބަބަުން ކަމަށެވެ. ނަމަވެސް އެކަން ތަހުގީގު ކުރުމަށް ކަމާބެހޭއިދާރާތަކުން ފަށާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.