ސްޕެއިންގައި ހިނގި ހައި ސްޕީޑް ޓްރެއިން އެކްސިޑެންޓާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެ ހާދިސާގައި 39 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ވަނީ އަނިޔާވެފައެވެ.
ރައީސްގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ސްޕެއިން ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތައުޒިޔާ ވިދާޅުވެފައިވެއެވެ.
އަދި މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
އާއިޝަތު މާހާ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް